ކެންސަރަށް ހޭލުންތެރި ކުރުވުމަށް އިމްރާން ޚާޝްމީ ނިކުމެއްޖެ

ބޮލީވުޑްގެ މަގުބޫލު ތަރި އިމްރާން ހަޝްމީ، ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ޚާއްޞަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ. އިމްރާން ކުރި ޓްވީޓެއްގައި އޭނާ ބުނީ މިހާރު އެ މަސައ...

03 Jul 2017 | 23:07

ބޮލީވުޑްގެ މަގުބޫލު ތަރި އިމްރާން ހަޝްމީ، ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ޚާއްޞަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިމްރާން ކުރި ޓްވީޓެއްގައި އޭނާ ބުނީ މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ފުރަތަމަ ސްޓޭޖުގެ ތައްޔާރީތައްކަމަށެވެ.

https://twitter.com/emraanhashmi/status/881445748159557633

ދާދި ފަހުން އިމްރާންވަނީ އޭނާގެ ދަރިފުޅު ކެންސަރާއި ކުރި ހަނގުރާމަ ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވާ ފޮތެއްވެސް ނެރެފަ އެވެ.

"ދަ ކިސް އޮފް ލައިފް؛ ހައު އަ ސުޕްހީރޯ އެންޑް މައި ސަން ޑިފީޓެޑް ކެންސަރ" ކިޔާ އެފޮތުގައި އިމްރާންގެ ހަޔާތާއި ގުޅޭ ވާހަކަތަކާއި، އޭނާގެ ކެރިއަރ ފެށިގެން އައި ހިސާބާއި ކައިވެންޏެއްކޮށް ދަރިއަކު ލިބުމާއި އަދި ދަރިފުޅު ކެންސަރާއި ކުރި ހަނގުރާމަގެ ވާހަކަތައް ގެނެސްދީފައިވެ އެވެ.

އިމްރާންގެ ފުރަތަމަ ދަރިފުޅު އަޔާން، އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގައި ކެންސަރުގެ ފުރަތަމަ ސްޓޭޖާއި ހަނގުރާމަކޮށް، ފަރުވާހޯދާއި މިހާރުވަނީ ފަސޭހަވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް