އިންޑޮނޭޝިޔާގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހަކު މަރުވެއްޖެ

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އިންޑޮނޭޝިޔާގެ ހެލިކޮޕްޓަރެއް ވެއްޓި އަށް މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓާއި ބެހޭގޮތުން އިންޑޮނޭޝިޔާގެ ސާޗް އެންޑް ރެސްކިއު އިން ބުނެފައިވަނީ މި ހާދިސާ ...

03 Jul 2017 | 22:56

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އިންޑޮނޭޝިޔާގެ ހެލިކޮޕްޓަރެއް ވެއްޓި އަށް މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓާއި ބެހޭގޮތުން އިންޑޮނޭޝިޔާގެ ސާޗް އެންޑް ރެސްކިއު އިން ބުނެފައިވަނީ މި ހާދިސާ ހިނގި އިރު އެ ހެލިކޮޕްޓަރު ހަރަކާތްތެރިވަމުންދިޔައީ ކަނޑުމަތިން ބަޔަކު ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ސަލާމަތްކޮށްފައިވާ ހަތަރު މީހަކު އެ ހެލިކޮޕްޓަރުގައި ތިބި އިރު މަރުވި އަށް މީހުންގެ ތެރޭގައި އެމީހުން ހިމެނޭ ކަމަށްވެސް އިންޑޮނޭޝިޔާގެ ސާޗް އެންޑް ރެސްކިއު އިން ބުނެފައި ވެ އެވެ.

ބައިނަލްއަގްވާމީ ނޫސްތަކުގައިވާގޮތުގައި އެ ހެލިކޮޕްޓަރު އިންޑޮނޭޝިޔާގެ ޖާވާ ސަރަހައްދަށް ދިޔައީ އަލިފާން ފަރުބަދައެއް ގޮވުމުން އެ ސަރަހައްދުގައި ތިބި ބަޔަކު ސަލާމަތް ކުރުމަށެވެ. އެ ސަރަހައްދަކީ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ސަރަހައްދެއްކަމުގައިވެސް ނޫސްތަކުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް