ޖަރުމަނުގައި ގައިދީން ގޮވައިގެން ދަތުރުކުރި ބަހެއްގައި ރޯވެ 18 މީހަކަށް ވީނުވީއެއް ނޭނގުނު !

ޖަރުމަނުގައި ގައިދީން ގޮވައިގެން ދަތުރުކުރި ބަހަކާއި ޓްރެއިލަރ ޓްރަކަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ އަނދާ ހުލިވެފައިވާއިރު 18 ގައިދީއަކަށް ވީނުވީއެއް ނޭނގެ ކަމަށް ޖަރުމަ...

03 Jul 2017 | 22:28

ޖަރުމަނުގައި ގައިދީން ގޮވައިގެން ދަތުރުކުރި ބަހަކާއި ޓްރެއިލަރ ޓްރަކަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަހުގައި ރޯވެ އަނދާ ހުލިވެފައިވާއިރު 18 ގައިދީއަކަށް ވީނުވީއެއް ނޭނގެ ކަމަށް ޖަރުމަނު ފުލުހުން ބުނެ އެވެ.

ޖަރުމަނު ފުލުހުން ބުނެފައިވަނީ އެއީ އުމުރުން ދުވަސްވެފައިވާ ގައިދީންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ކަމުގައިވާއިރު އަދި އެ ބަސް އަނދާ ހުލިވެފައިވާއިރު އެމީހުން ސަލާމަތްވި ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. ބޮޑަށް ބެލެވެނީ އެމީހުން މަރުވެފައިވުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

46 ގައިދީއަކު ގޮވައިގެން ދަތުރުކުރި އެ ބަސް އަނދާ ހުލިވެފައިވާއިރު ފުލުހުން ބުނެފައިވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ 18 ގައިދީން ފިޔަވައި ދެން ތިބި ގައިދީން ސަލާމަތް ކުރެވުނު ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް ބޮޑެތި  ޒަހަމްތަކެއް ލިބިފައިވާކަމަށްވެސް ޖަރުމަނު ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް