އިންޑިއާގައި ހަތަރު ފަހަރު މޫނަށް އެސިޑްޖަހާފައިވާ އަންހެނެއްގެ މޫނަށް އަނެއްކާވެސް އެސިޑު ޖަހައިފި

އެއްފަހަރު ރޭޕްކޮށް، ހަތަރު ފަހަރު މޫނަށް އެސިޑް ޖަހާފައިވާ އިންޑިއާ އަންހެނެއްގެ މޫނަށް އަނެއްކާވެސް އެސިޑް ޖަހައިފި އެވެ. އިންޑިއާ ފުލުހުން ހާމަކޮށފައިވާގޮތުގައި އުމުރުން 35 އަހަރުގެ އެ އަންހެންމީހާ...

03 Jul 2017 | 22:15

އެއްފަހަރު ރޭޕްކޮށް، ހަތަރު ފަހަރު މޫނަށް އެސިޑް ޖަހާފައިވާ އިންޑިއާ އަންހެނެއްގެ މޫނަށް އަނެއްކާވެސް އެސިޑް ޖަހައިފި އެވެ.

އިންޑިއާ ފުލުހުން ހާމަކޮށފައިވާގޮތުގައި އުމުރުން 35 އަހަރުގެ އެ އަންހެންމީހާގެ މޫނަށް ފަސް ވަނަ ފަހަރަށް އެސިޑް ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝްގަ އެވެ.

އެ އަންހެން މީހާގެ މޫނަށް ފަސްވަނަ ފަހަރަށް އެސިޑް ޖަހާފައިވަނީ އަންހެނުންގެ ހޮސްޓެލްއެއްގައި ފެންޕަންޕެއް ކައިރީގައި އެއްޗަކަށް ފެން އަޅަން ހުއްޓަ އެވެ. އެސިޑް ޖެހުމަށްފަހު އެކަން ކުރި މީހާ ފިލާފައިވާކަމަށް ފުލުހުން ބުނެ އެވެ.

އެ އަންހެން މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ އަންހެން މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް