ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރު ކޮށްފި، ލޯޔަރު އުޅުއްވަނީ ބައްދަލު ނުކުރެއްވިގެން

ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު މިރޭ ކުނޫޒުން ހައްޔަރު ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ލ ފޮނަދުއަށް ނިސްބަތްވާ އަހުމަދު ޝާފިއު ނަމަކަށް ކިޔާ މީހެކެވެ. ޝާފިއު ހަ...

03 Jul 2017 | 21:45

ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު މިރޭ ކުނޫޒުން ހައްޔަރު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ލ ފޮނަދުއަށް ނިސްބަތްވާ އަހުމަދު ޝާފިއު ނަމަކަށް ކިޔާ މީހެކެވެ. ޝާފިއު ހައްޔަރުކޮށްފައިވަނީ ކުނޫޒް ދޮރުމަތިން ކަމުގައި މައުލޫމާތު ލިބެ އެވެ. ހައްޔަރުކުރި ކަމަށްވަނީ 12:50 ހާއިރުގަ އެވެ.

ޝާފިއުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އަލީ ޒާހިރު ހަރަކާތްތެރިވަމުން އަންނައިރު ގާނޫނީ ވަކީލުގެ ޓީމް މެމްބަރަކު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝާފިއު ހައްޔަރު ކުރުމުން ވަކީލު ފުރަތަމަ ވަޑައިގެންނެވީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ކަމަށާއި އެތަނަށް ގޮސްގެން ޝާފިއު ވީތަނެއް ނޭނގުނު ކަމަށެވެ. އަދި ފުލުހުން އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގައި ޝާފިއު ހުރި ކަމުގެ މައުލޫމާތު ފަހުން ލިބުމުން އެ ޑިޕާޓްމެންޓަށް ދިއުމުންވެސް ވަކީލަށް ޝާފިއުއާއި ބައްދަލުވާގޮތް ނުވިކަމަށް ވަކީލުގެ ޓީމް މެމްބަރަކު ވިދާޅުވި އެވެ.

"ފުރަތަމަ ދިޔައީ ހުސެއިން އާދަމް ބިލްޑިންގަށް، އެތަނުން ބުނަނީ ނެތޭ، ދެން ދިޔައީ އީޑީސީ އަށް، އެތަނުން ބުނީ އަތޮޅުވެއްސަށް ދިއުމަށް، އަތޮޅުވެއްސަށް ދިއުމަށް އަދި އަތޮޅުވެއްސަށް ގޮސްގެންވެސް ބައްދަލުވާގޮތެއް ނުވި، އަނެއްކާ މިދަނީ ހުސެއިނ އާދަމް ބިލްޑިންގަށް" ގާނޫނީ ވަކީލުގެ ޓީމް މެމްބަރަކު ވިދާޅުވި އެވެ.

https://twitter.com/a_nadraa/status/881991162323623941

މިކަމުގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ތަފްސީލް އަންނަނީ ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް