އުރީދޫން ތިން ރަށެއްގައި ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ސެންޓަރުތަކެއް ތިން ރަށެއްގައި ހުޅުވައިފި އެވެ. އެ ސެންޓަރުތައް ހުޅުވާފައިވަނީ ކުޅުދުއްފުށީ ސިޓީ، ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީގައި އެވެ. އ...

04 Jun 2020 | 18:55

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ސެންޓަރުތަކެއް ތިން ރަށެއްގައި ހުޅުވައިފި އެވެ.

އެ ސެންޓަރުތައް ހުޅުވާފައިވަނީ ކުޅުދުއްފުށީ ސިޓީ، ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީގައި އެވެ.

އުރީދޫއިން ބުނީ މި ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. މި ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ހިދުމަތާއި އެމްފައިސާ އެކައުންޓަށް، ފައިސާ ޖަމާކުރުން ފަދަ ހިދުމަތް ލިބެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު އެ ކުންފުނީގެ ހިދުމަތް ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، ސެންޓަރުތަކުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ސޯޝަލް ޑިސްޓެންސިން ބަހައްޓައި ރައްކާތެރިކަމާ އެކު ހިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފައި. މި ހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ފުރަތަމަ ޑިޖިޓަލް ސާވިސް ސެންޓަރު ގާއިމް ކުރީ މިދިޔަ މާޗު މަހު މާލޭގަ އެވެ. އަދި އިތުރު ސެންޓަރެއް ހުޅުމާލޭގައި ވެސް އެ ކުންފުނިން ވަނީ ގާއިމްކޮށްފަ އެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އުރީދޫއަކީ ރާއްޖޭގައި މި ހިދުމަތް ތައާރަފު ކުރި ފުރަތަަމަ ކުުންފުންޏެވެ. އަދި 24 ގަޑި އިރު މި ހިދުމަތްދޭ ހަމައެކަނި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް