ފާޑުކިޔުންތަކާއި ހެދި ސާމްޕަލެއް ޓެސްޓު ކުރަން ދާ ހަރަދު އޭޑީކޭއިން ހާމަކޮށްފި

ކޯވިޑް-19 އަށް އަމިއްލަ ހޮސްޕިޓަލްގައި އޭޑީކޭގައި ޓެސްޓެއް ކޮށްދޭ އަގު ބޮޑުކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ހެދި އެންމެ ސާމްޕަލެއް ޓެސްޓު ކުރަން ދާ ހަރަދުގެ ތަފްސީލް އެ ކުންފުނިން ހާމަކޮށްފ...

04 Jun 2020 | 09:39

ކޯވިޑް-19 އަށް އަމިއްލަ ހޮސްޕިޓަލްގައި އޭޑީކޭގައި ޓެސްޓެއް ކޮށްދޭ އަގު ބޮޑުކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ހެދި އެންމެ ސާމްޕަލެއް ޓެސްޓު ކުރަން ދާ ހަރަދުގެ ތަފްސީލް އެ ކުންފުނިން ހާމަކޮށްފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އޭޑީކޭ ހޮސްޕިޓަލްގައި ކޯވިޑަށް ސާމްޕަލެއް ޓެސްޓު ކޮށްދޭނީ 675 ރުފިޔާއަށް ކަމަށެވެ. އަދި އެ ފައިސާ ބިލް ކުރާނީ އައިޖީއެމްއެޗައް ކަމަށާއި ފައިސާ ދައްކާނީ އާސަންދަ މެދުވެރިކޮށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލް ހިންގާ އޭޑީކޭ ޖެނެރަލް ޑްރޭޑްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ޓެސްޓުކޮށްދޭން ކަނޑައަޅާފައިވާ އަގަކީ މިވަގުތު ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކަށްވެސް އެންމެ މަދުވެގެން ނެގޭނެ އަގު ކަމަށެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލުން ޓެސްޓު ކުރަނީ މުވައްޒަފުން ތިބެގެން މެނުއަލްކޮށް ކަމަށާއި އޮޓަމެޓިކުން ޓެސްޓު ކުރާ މެޝިނެއް ހުރި ނަމަ މިއަށްވުރެ އަގު ބޮޑުވާނެ ކަމަށެވެ.

އޭޑީކޭއިން އާންމުކޮށްފައިވާ ތަފްސީލްތަކުގައި ބުނެފައިވަނީ ވައިރަސް ހުރިތޯ ބަލަން ނުވަތަ ޑީއެންއޭ އެކްޓްރެކްޝަން އަށް 300 ރުފިޔާ ހަރަދުވާ ކަމަށެވެ. މުވައްޒަފުންނަށާއި، ޓްރާންސްޕޯޓަށާއި އެނޫން ކަމަށް 150 ރުފިޔާ ހަރަދު ކުރެ އެވެ.

ނޭފަތުން ނުވަތަ އަނގައިން ކަފަބުރު ބޭނުންކޮށްގެން ސާމަޕްލަ ނަގަން 120 ރުފިޔާ ހަރަދު ކުރެ އެވެ. ކޮންމެ ޑިއުޓީ ޝިފްޓެއްގައި ތިން ލެބް ޓެކްނީޝަނުން ތިބޭކަން ފާހަގަކޮށް ބުނެފައިވަނީ އޭގެން ކޮންމެ މީހެއްގެ ޕީޕީއީއަށް 650 ރުފިޔާވަރު ހަރަދުވާ ކަމަށެވެ. އަށް ގަޑިއިރުގެ ކޮންމެ ޝިފްޓަރުން 150 ޓެސްޓުވަރު ހަދާއިރު ޖުމްލަ ހަރަދުގެ ގޮތުގައި ކޮންމެ ޓެސްޓަކަށް 686 ރުފިޔާ ޚަރަދު ކުރަން ޖެހެއެވެ.

އެހެން ކަމަށް ވާނަމަ މިހާރުވެސް ޓެސްޓު ހަދައި ދެމުންދަނީ 11 ރުފިޔާގެ ޑިސްކައުންޓަކާއި އެކު އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ބޭނުން ކުރާ ޕީސީއާރު މެޝިނުން ދުވާލަކު 500 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް