މިއަހަރުގެ ފިޠުރު ޢީދަށް ޚާއްސަކޮށްގެން ފާނޫޒުން ތައްޔާރުކޮށްފައިވާ "ފާނޫޒޫ ޢީދު މުބާރަކް" ލަވަ ރިލީޒްކޮށްފިއެވެ. މި ލަވަ ރިލީޒްކޮށްފައިވަނީ ޢީދު ދުވަހުގެ ކުރީ ރޭގައެވެ.
ލަވަ ރިލީޒްކުރުމާއެކު މިހާރު މި ލަވަ ފާނޫޒު ފެސްބުކް ޕޭޖް އަދި ޔޫޓިއުބުން ބަލާލެވޭނެއެވެ. އަދި ލަވަ އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް ސައުންޑް ކްލައުޑުން މި ލަވަ އަޑު އަހާލެވޭނެއެވެ.
ފާނޫޒު ޢީދު މުބާރަކް ލަވަ މިހާރު ރިލީޒްކޮށްފައިވާއިރު ލަވައިގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ލ.ފޮނަދޫ ގައެވެ. އަދި ބައެއް މަންޒަރުތައް ލ.ގަމުގައިވެސް ނަގާފައިވެއެވެ.
https://www.facebook.com/118886872212100/posts/450124469088337/
"މި ލަވައަކީ އަސްލު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ ރިލީޒްކުރި ލަވައެއް. އެންމެ ދުވަހެއް ލިބުނީ ވީޑިޔޯތައް ޝޫޓްކޮށް އެޑިޓްކުރަން. ހުރިހާ ކަމެއްވެސް އެހާ ކުޑަ ވަގުތުކޮޅަކުން ނިންމާލުވުނީ ހިތްވަރާއެކު ފާނޫޒު ޓީމުން ކުރި މަސައްކަތުން." ފާނޫޒުން މަޢުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
މި ޚާއްސަ ލަވައިގެ ޅެން ހަދާފައިވަނީ އަޙުމަދު މުޢާޛެވެ. މުޢާޛަކީ މީގެ ކުރިންވެސް އަމިއްލައަށް އެކި އެކި ކަންކަމަށް ޅެން ހަދާފައިވާ، ޅެން ހަދަން ފަރިތަ މީހެކެވެ. “ފާނޫޒު ޢީދު މުުބާރަކް” ލަވަ ކިޔާފައިވަނީ ޓީވީއެމް އިން ގެނެސްދިން “ވޮއިސް އޮފް މޯލްޑިވްސް”ގެ ދެވަނަ ސީޒަން ކާމިޔާބު ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ތޮލާގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް