ދިރާގުން ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހައިފި

ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މާލެ އާއި އަތޮޅުތަކު ތެރޭގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފިއެވެ. މިއީ އެކުންފުނިން ކޮންމެ އަހަރަކު އީދާއި ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. ދިރާގުން ބުނީ ...

04 Jun 2019 | 11:43

ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މާލެ އާއި އަތޮޅުތަކު ތެރޭގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފިއެވެ. މިއީ އެކުންފުނިން ކޮންމެ އަހަރަކު އީދާއި ގުޅިގެން ކުރަމުން އަންނަ ކަމެކެވެ.

ދިރާގުން ބުނީ ކޮންމެ އަހަރަކު އީދާ ގުޅިގެން ކުޑަކުދިންނަށް ހަދިޔާ ދިނުމުގެ ބޭނުމަކީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް މުވުން ކުޑަކުދިންގެ މެދުގައި މިފަދަ ސަގާފަތްތަށް ދިރުވުމަކީ މުހިންމު ކަމެއްކަމުގައި ވުމުންނެވެ. އަދި ހަމައެއާއެކު، އީދުގައި ހަދިޔާ ލިބުމަކީ ކުޑަ ކުދިން އެކަމަކަށް ވަރަށް އިންތިޒާރުކުރާ ކަމެއްކަމަށް ވުމުންނެވެ.

އަތޮޅުތަކު ތެރޭގައިވެސް ދިރާގުން ވަނީ ކުޑަކުދިންނަށް ހަދިޔާ ބަހާފައިއެވެ. އެގޮތުން އަތޮޅު ތެރެއިން އީދު ހަދިޔާ ބެހުމުގެ ހަރަކާތް ދިރާގުން ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގައެވެ. އެގޮތުން އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒިފުން އީދު ނަމާދުގެ ފަހު، ކުޑަ ކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް އީދު ހަދިޔާ ބެހި އެވެ.

ދިރާގުން މައުލޫމާތު ދީފައިވާގޮތުގައި ކޮންމެ އަހަރަކު ދިރާގުން ކުރިއަށްގެންދާ މި ހަރަކާތަކީ ދިރާގުގެ ވަރަށް ބައިވަރު މުވައްޒަފުންގެ އެއްބާރުލުމާ އެކު ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އެހެން އަހަރުތެކެކޭ އެއްފަދައިން މިއަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ހަދިޔާ ދިނުމުގައި ބައިވެރިވުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް