ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުން ލިބިފައިވަނީ ސޯޝަލް ސެންޓަރު ކައިރީގައި ހަދަމުން އަންނަ އިމާރާތަކުންނެވެ.
މިއަދު 2:15 ހާއިރު ހިނގި މި ހާދިސާގެ މައްސަލަ ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިއަދު ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުންވެފައިވާއިރު ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ އަހަރުގެ ތެރޭގައި ކުޑަ ކުއްޖަކު މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް