ބްރިޖް ހައިވޭގައި މަގު ދެބައި ކުރަން ޖަހާފައިވާ ރޯޑް ޑިވައިޑަރުތައް އެކްސިޑެންޓެއްގައި ފުނޑުފުނޑުވުމުންވެސް މަޑު ނުކޮށް ދިޔަ ވެހިކަލެއް ފުލުހުން ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 10:15 ހާއިރު ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްވި ވި ޕްރައިވެޓް ކާރު ގަރާޖެއްގެ ތެރެއިން މިއަދު 11:00 ހާއިރު ފެނިފައިވާކަމަށެވެ. އަދި އެ ކާރު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް