މޫސުން ގޯސްވެ، މޫސުން ތަން ނުދޭތީ މާލޭގައި ފިޠުރު ޢީދުގެ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން ނޯންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން، މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރުން ނޯންނާނެ ކަމަށެވެ. އަދި މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިޠުރު ޢީދު ނަމާދު ކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް