ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ބައެއް ފަރާތްތަކަށް އެފުރުސަތު ފަހިވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން32 މީހަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެއާލައިނަކުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށެވެ.
މި ދަތުރުގެ ޓިކެޓު ގަންނާނީ އެފަރާތްތަކުން އަމިއްލައަކަށް ކަމަށާއި މިހާރު ކުރިޔަށް ދަނީ އެ މަސައްކަތް ކަމަށެވެ.
މި ފްލައިޓު އޮތް ދުވަހެއް ހާމައެއް ނުކުރައްވަ އެވެ. ޔޫކްރެއިންގައި ގިނައިން ތިބީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ކުދިންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެކި އެއާލައިންތަކުގެ ދަތުރުތައް އޮންނަގޮތްތައް ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. ފޮރިން މިނިސްޓްރީ އާއ ހަވާލާދީ މަބްރޫކް ވިދާޅުވީ އެ މަސައްކަތުގެ ދަށުން ސައުދީ އަރަބިއްޔާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް