ބިލް ނުދެއްކުނަސް ހިދުމަތް މެދުކަނޑާނުލުމަށް ފައްޔާޒް އެދިވަޑައިގެންފި

ފޯނާ އިންޓަނެޓް ބިލް ނުދެއްކުނަސް މި ދަނޑިވަޅު ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނީގެ ކިބައިން އެދިވަޑައިގެންފި އެވެ. މިނިސްޓަރު މިހެނ...

04 May 2020 | 09:21

ފޯނާ އިންޓަނެޓް ބިލް ނުދެއްކުނަސް މި ދަނޑިވަޅު ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނީގެ ކިބައިން އެދިވަޑައިގެންފި އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އާންމު މީހަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އޭނާ ވަނީ މިދަނޑިވަޅު ބިލް ދެއްކޭ ގޮތް ނުވުމުން ހިދުމަތް ކަނޑާލުމަކީ ހިތާމަ ކުރާ ކަމެއް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

އެއަށް ޖަވާބު ދެއްވާ ފައްޔާޒު ވިދާޅުވީ އެމީހާގެ ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި ފޯނު އަދި އިންޓަނެޓު ކަނެކްޝަންސްގެ ހިދުމަތް ބިލް ނުދެއްކިގެން މެދުކަނޑާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން މިއުނދަގޫ ވަގުތުގައި ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމުގެ ބަދަލުގައި މަޑުޖައްސާލުމަކީ ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމެއް ކަމަށެވެ.

ކޯވިޑް-19 ގެ މި ހާލަތުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި، އިތުރު މަސައްކަތެއް ނުކުރެވި ގޭގައި ތިބެން ވަނީ މަޖުބޫރުވެފައި އެވެ. އަމިއްލަ ފަރާތްތަކުް މުވައްޒަފުން ވަޒިފާއިން ވަކި ނުކުރުމަށް ސަރުކާރުން އާދޭސް ކުރަމުންދަނިކޮށް އެތައް ހާސް މުވައްޒަފުންނެތް ވަޒީފާއިން ވަކިކޮށް، ނޯޕޭ އަށް ފޮނުވުމުގެ އިތުރުން މުސާރަ ކުޑަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް