ބޭސް ފަރުވާއަކަށް މާލެ ގެނައިފަހުން ނ. މަނަދޫ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެރަށުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ 15 މީހަކު ގޭގައި މަޑުކުރުމަށް އަންގާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
އެގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކޯވިޑް-19ގެ ކަންކަމަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ފަރާތްތައް ގޭގައި މަޑުކުރުމަށް އެންގިފައިވާއިރު މިކަމާއި ގުޅިގެން އެރަށުގެ ހޮސްޕިޓަލުން އާންމުކޮށް ހިދުމަތް ދެމުން އައިގަޑިތަށް މަދުކޮށް އިތުރު ގަޑީގައި ހަމައެކަނި އިމަޖެންސީ ކޮންސަލްޓޭޝަންތަކަށް ހާއްސަކޮށްފައިވާކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
އެރަށުން ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭނާއާއި ބެހޭގޮތުން މައުލޫމާތު ހާމަކުރަމުން ކުރިން ބުނެފައިވާގޮތުގައި އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑަކުޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް ދިޔަ މީހެކެވެ. އަދި އޭރުވެސް އޭނާގެ ގައިގާ ފްލޫގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި ނަމަވެސް ޓެސްޓް ކުރި އިރު ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށްވެސް ބުނެފައިވެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް