އުރީދޫ އިން ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީ ފުވައްމުލަކުގައި ގާއިމްކޮށްފި

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ތައާރަފްކޮށްފިއެވެ. އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލަކު ވެގެ...

04 May 2019 | 13:53

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ތައާރަފްކޮށްފިއެވެ. އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލަކު ވެގެންދަނީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށެވެ.

އުރީދޫއިން ހާމަކުރާގޮތުގައި ޓެކްނޮލޮޖީގެ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

މިގޮތުން، އުރީދޫ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑް މިއަދު ފުވައްމުލަކުގައި ތައާރަފްކޮށްފައިވަނީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހް ޖަމާލް؛ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު؛ ފުވައްމުލަކުގެ މޭޔަރ، އަބްދުﷲ ފަލާހް ޝަރީފް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާންގެ ޚާޒިރުގައި، ފުވައްމުލަކު ތުނޑީގައި މިއަދު އުރީދޫ އިން ކުރިއަށްގެންދިޔަ ހާއްސަ މާހެފުމެއްގައެވެ.

"ފުވައްމުލައް ސިޓީ އަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ، ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެއެވެ. ސުޕަނެޓްގެ ޚިދުމަތް މި ސިޓީގައި ތައާރަފްކުރުމުގެ އުފަލުގައި، 5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ ވަރަށް ފުރިހަމަ އޮފަރ ތަކެއް ތައާރަފްކޮށްފައެވެ:

އެއީ ކޮންމެ ޕެކޭޖެއް ޚިޔާރުކުރެއްވިކަމުގައިވިއަސް، ހަމަސް ދުވަހުގެ މުއްދަތަށް، މަދުވެގެން 20 އެމްބީޕީއެސް ޕްކޭޖުގެ ސްޕީޑު ފޯރުކޮށްދިނުމާއި ހަމަސް ދުވަހުގެ މުއްދަތަށް، އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ފޯރުކޮށްދިނުމެވެ.

ހަމައެހެންމެ ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ އާއި ދިގު މުއްދަތަކަށް ޙިދުމަތް ޚިޔާރުކުރެއްވުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތަށް ލިބޭ ސޭވަރ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭޏުންތެރި އީޖާދީ ޙިދުމަތްތައް ވެސް ލިބިގެންދާނެއެވެ.

ސުޕަރނެޓްގެ ޚިދުމަތް، ނުވަތަ ފުވައްމުލަކުގެ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އުރީދޫ އިން ތައާރަފްކޮށްފައިވާ ތަފާތު އޮފަރ ތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ފުވައްމުލަކުގައިވާ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރ، ނުވަތަ www.ooredoo.mv އަށް ޒިޔާރަތްކުރަށްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް