ރަޝިޔާގައި 20 ގަޑިއިރު ރޯދައަށް ތިބެންޖެހޭއިރު އާޖެންޓީނާގައި ރޯދަށް ތިބެންޖެހެނީ 11 ގަޑިއިރު

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ހޯމަ ދުވަސް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގަ...

04 May 2019 | 13:44

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ހޯމަ ދުވަސް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ރޯދަ މަހަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި ބަލައިލަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތުގެ ދިގު އަދި ކުރުމިނަށެވެ.

ގަލްފް ނިއުސްގައި މިކަމަށް ހާއްސަ އިންފޯގްރެފިކްސްއެއް ތައްޔާރުކޮށްފައިވާއިރު މުސްލިމުން ރޯދައަށް ތިބޭ އެކި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހޭ ގައުމުތަކާއި އެންމެ މަދު ވަގުތުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު ސާފެވެ. ރާއްޖެ ހިމެނެނީ މެދުތެރޭގައެވެ.

އެންމެ ގިނަ ވަގުތު ރޯދައަށް ތިބޭނީ ރަޝިޔާގައެވެ. އެއީ 20 ގަޑިއިިރާއި 45 މިނެޓެވެ. އައިސްލޭންޑްގައި 19 ގަޑީއިރާއި 26 މިނެޓު ރޯދައަށް ތިބެން ޖެހޭއިރު ތިންވަނަ އަށް އެންމެ ގިނައިރު ރޯދައަށް ތިބެންޖެހެނީ ސްވިޑަންގައެވެ. އެއީ 19 ގަޑިއިރާއި 43 މިނެޓެވެ.

އެންމެ މަދު ވަގުތު ރޯދައަށް ތިބެންޖެހޭ ގައުމަކީ އާޖެންޓީނާ އެވެ. އެ ގައުމުގެ  މުސްލިމުން ރޯދައަށް ތިބެންޖެހޭ ވަގުތަކީ 11 ގަޑިއިރެވެ. ދެވަނައަށް އެންމެ މަދު ވަގުތު ރޯދަށް ތިބެންޖެހެނީ ޗިލީގައި ދިރިއުޅޭ މުސްލިމުންނެވެ. އެއީ 12 ގަޑިއިރާއި ހަތަރު މިނެޓެވެ. ރިއޯ ޑެ ޖެނެއިރޯގައި ދިރިއުޅޭ މުސްލިމުން ރޯދައަށް ތިބެންޖެހެނީ 12 ގަޑިއިރާއި 28 މިނެޓެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭސިއާގެ ގައުމުތަކުގައި ރޯއަށް ތިބެންޖެހޭ ވަގުތު އާއްމުގޮތެއްގައި އުޅެނީ 14 ގަޑިއިރުގައެވެ.

މި ވަގުތުތައް ބަލާފައިވަނީ އެ ގައުމެއްގެ ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން މަގްރިބް ނަމާދަށް ބަންގި ގޮވުމާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް