އޮސްޓްރޭލިއާއަށް ރޯދަ ފެށޭނީ ހޯމައިގާ ކަމަށް ކަނޑައަޅައިފި

ރަމަޟާން 1440، ފެށޭ ދުވަހަކީ ހޯމަ ދުވަސް ކަމުގައި އޮސްޓްރޭލިއާއިން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އޮސްޓްރޭލިއާގެ ގައުމީ އިމާމުންގެ ކައުންސިލުންނެވެ. އެ ކައުންސިލާއި އެ ގައުމުގެ ގްރޭންޑް...

04 May 2019 | 13:20

ރަމަޟާން 1440، ފެށޭ ދުވަހަކީ ހޯމަ ދުވަސް ކަމުގައި އޮސްޓްރޭލިއާއިން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ އޮސްޓްރޭލިއާގެ ގައުމީ އިމާމުންގެ ކައުންސިލުންނެވެ. އެ ކައުންސިލާއި އެ ގައުމުގެ ގްރޭންޑް މުފްތީ ޑރ. އިބްރާހިމް އަބޫ މުހައްމަދު ސޮއި ކުރައްވާ ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެގައުމުގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ބަލާނީ ހޯމަ ދުވަސް ކަމަށެވެ.

ހޯމަ ދުވަހަކީ އޮސްޓްރޭލިއާގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި  ކަނޑައަޅާފައިވާއިރު މުސްލިމް ގައުމުތަކުން ހަނދު ފެނޭތޯ މިރޭ ބަލާނެއެވެ. ރާއްޖޭގައިވެސް މިރޭ ހަނދު ސާބިތު ކުރުމުގެ ޖަލްސާ ބާއްވާނެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރާއްޖެއަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ މި މަހުގެ ހައެއްވާ ހޯމަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް