ޑިންގީއެއް އަޑިއަށްގޮސް ކަނޑުމަތީ ހާދިސާއެއް ހިނގައިފި

ފަސް މީހުންނާއެކު ރ. އިފުރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް އަޑިއަށްގޮސް ކަނޑުމަތީ ހާދިސާއެއް ހިނގައިފިއެވެެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު މިއަދު މެންދުރު 2:30 ހާއިރު ހިނ...

04 May 2019 | 13:04

ފަސް މީހުންނާއެކު ރ. އިފުރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް އަޑިއަށްގޮސް ކަނޑުމަތީ ހާދިސާއެއް ހިނގައިފިއެވެެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު މިއަދު މެންދުރު 2:30 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މެންދުރުފަހު 3:00ގައި ކަމަށެވެ.

"ށ. ކޮމަންޑޫގައި މަސައްކަތްކުރާ ފުލުހުންނާއި ކޮމަންޑޫ ރައްޔިތުން ގުޅިގެން ދޯންޏެއްގައި ކަފު ޖަހައިގެން އެ ޑިންގީ ރ. އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ޑިންގީގައި އޭރު ތިބީ ދިވެހި ފަސް ފިރިހެނުން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް