ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް

ދެކުނުގެ ހަ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު އެލަރޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް(މެޓް އޮފީހުން) ނެރެފައިވާ ހުދު އެލަރޓް ނެރެފައިވަނީ ދެކ...

04 May 2019 | 00:26

ދެކުނުގެ ހަ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު އެލަރޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް(މެޓް އޮފީހުން) ނެރެފައިވާ ހުދު އެލަރޓް ނެރެފައިވަނީ ދެކުނުގެ ހަ އަތޮޅު ކަމުގައިވާ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅަށެވެ.

މެޓް އޮފީހުގެ ހުދު އެލަރޓްގައި ބުނެފައިވާގޮތުގައި މިއަދު މެންދަމު 04:00 އިން ފެށިގެން ހެނދުނު 08:00 އާއި ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް