ބޮލުން އިސްތަށި ފައިބާ ބައެއް ބޮޑެތި ބަލިތައް!

ކޮންމެ މީހަކުވެސް ހީކުރަނީ ބޮލުން އިސްތަށި ފޭބުމަކީ ހަށިގަނޑަށް ބޭނުންވާ ކޮންމެސް ވިޓަމިންއެއް މަދުވެގެން ވާކަމެއް ކަމަށެވެ. އެކަމަކު އެއީ ކޮންމެ ފަހަރަކު ދިމާވާ ގޮތެއް ނޫނެވެ. އާންމުކޮށް އިސްތަށި ފައ...

04 May 2018 | 02:15

ކޮންމެ މީހަކުވެސް ހީކުރަނީ ބޮލުން އިސްތަށި ފޭބުމަކީ ހަށިގަނޑަށް ބޭނުންވާ ކޮންމެސް ވިޓަމިންއެއް މަދުވެގެން ވާކަމެއް ކަމަށެވެ. އެކަމަކު އެއީ ކޮންމެ ފަހަރަކު ދިމާވާ ގޮތެއް ނޫނެވެ.

އާންމުކޮށް އިސްތަށި ފައިބާ ބޯ ތަލަވަނީ ފިރިހެނުންގެ އެވެ. އަންހެނުންގެ އިސްތަށި ފައިބާ ތުނިވަނީ އެވެ. މިހެންވާނަމަ ފުރަތަމަ މާބޮޑަށް އަޅާ ނުލެވެނީ ވިޓަމިނެއް މަދުވަނީ ކަމަށް ހީކޮށެވެ. އެކަމަކު މިއީ ބޮޑެތި ބަލިތައް ޖެހިފައިވާ ކަމުގެ ނިޝާނެއް ކަމެއް ގިނަ މީހުންނަކަށް ފާހަގައެއް ނުކުރެވެ އެވެ.

ހާއްސަކޮށް ކުއްލިއަކަށް ބޮލުން އިސްތަށި ފައިބަން ފަށައިފި ނަމަ އެއީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެކެވެ. ކުއްލިއަކަށް އިސްތަށި ފައިބަން ފަށައިފި ނަމަ އެއީ ހަކުރު ބަލި، ކެންސަރު  ބަލި، އެނީމިއާ، އަދި ތައިރޮއިޑް ފަދަ ބަލިތައް ޖެހިފައިވާ ކަމުގެ ނިޝާނެކެވެ.

ކެންސަރު ބަލި:

ކެންސަރު ބަލި ޖެހުމުން ނޭނގި ހުއްޓަ އިސްތަށި ފައިބަން ފަށާފާނެ އެވެ. ހާއްސަކޮށް ކެންސަރު ބައްޔަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯ ތްރަޕީ ދޭން ފެށުމުން އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފައިބާނެ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކެންސަރު ބަލިން ސަލާމަތްވިޔަސް ބޮލުގެ ވަކި ތަންތަނުން އިސްތަށި ނުފެޅުމަކީ ވެދާނެ ކަމެކެވެ. އަދި ގައިގެ ބައެއް ތަންތަނުން އިސްތަށި ނުފެޅުމަކީވެސް ވެދާނެ ކަމެކެވެ.

ހަކުރު ބަލި:

ހަކުރު ބަލި ޖެހުމުން ކާންދޭ ބޭސްތަކުގެ ސަބަބުން ބޮލުން އިސްތަށި ފޭބުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ހަކުރު ބަލި ޖެހުމުން ބައެއް ގުނަވަންތަކަށް ލޭފޮނުވައި ދިނުމުގައި މައްސަލަ ދިމާވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި އިސްތަށިތައް ހަރުވެ ފައިބާގޮތް ވެ އެވެ.

އެނީމިއާ:

އެނީމިއާ ޖެހެނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ރަތް ސެލް އުފައްދައި ނުދޭން ފެށުމުންނެވެ. އޭގެ ސަބަބުން ގުނަވަންތަކަށް ލޭ ދައުރުވުމުގައި މައްސަލަ ޖެހެ އެވެ. ހަކުރު ބައްޔެކޭ އެއްގޮތަށް އިސްތަށިތަކުގެ ބުޑު ހަރުވެ ފައިބާގޮތްވަނީ މިހެންވެ އެވެ.

އެކަމަކު އެނީމިއާ ޖެހިފައިވާ މީހުން ދަގަނޑުގެ ބާވަތްތައް ހިމެނޭ ކާނާ ގިނައިން ކެއުމުން މި ބަލިން ސަލާމަތްވެ އެވެ. އަދި މި ބަލިން ސަލާމަތްވެއްޖެ ނަމަ ފައިބާފައިވާ އިސްތަށިތައް އަލުން ފެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.

ތައިރޮއިޑް:

ބޮލުން އިސްތަށި ފައިބަނީ ތައިރޮއިޑް ޖެހުމުންނެތް ނޫންނެވެ. ތައިރޮއިޑަށް ކާންޖެހޭ ބޭސްތަކުންނެވެ. އެ ބޭސްތަކުން ބޮލުގެ އިތުރުން ގައިގެ އެކި ތަންތަނުން އިސްތަށި ފައިބާނެ އެވެ. އެކަމަކު އެއީ ވަގުތީ ކަމެކެވެ. އެ ބޭސްތައް ކެއުން ހުއްޓާލުމުން އަލުން އިސްތަށި ފެޅުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް