އޭޝިއާ ޓެކްސް ކޮމިޝަނާ އޮފް ދަ އިއާ އެވޯޑު ޔަޒީދަށް

އިންޓަނެޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް"ގެ 2017 ވަނަ އަހަރުގެ "އޭޝިއާ ޓެކްސް ކޮމިޝަނަ އޮފް ދަ ޔިއާ" އެވޯޑު ރާއްޖޭގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝ...

04 May 2018 | 01:43

އިންޓަނެޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް"ގެ 2017 ވަނަ އަހަރުގެ "އޭޝިއާ ޓެކްސް ކޮމިޝަނަ އޮފް ދަ ޔިއާ" އެވޯޑު ރާއްޖޭގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑު ހަފްލާއަކީ ޓެކުހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މޯލްޑިވްސް އިލެންޑެން ރެވެނިއު އޮތީރިޓީ (މީރާ) އިން ބުނީ މި އެވޯޑަށް ޔަޒީދާއި އެންމެ ގާތން ވާދަ ކުރެއްވީ ޗައިނާ، ސިންގަޕޫރު، ހޮންކޮންގް އަދި އޮސްޓްރޭލިއާގެ ޓެކްސް ކޮމިޝަނަރުންނެވެ. މިދިޔަ އަހަރު ޓެކްސް އިދާރާތައް ހިންގުމަށް ކޮމިޝަނަރުން ކޮށްފައިވާ މަސައްކަތްތައް ބަލަނީ އެ ޖަމިއްޔާގެ ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.

އިންޓަނޭޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އަކީ ޓެކުހާ ގުޅޭ އެކި އެކި މައުލޫމާތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސް އިދާރާގައި މަސައްކަތްކުރާ ފަރާތްތަކާ، ސަރުކާރުތަކާއި، ޓެކުހުގެ ރޮނގުން ދިރާސާ ހަދާ ފަރާތްތައް އަދި ޓެކުހާ ގުޅޭ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ގެނެސްދޭ އިދާރާއެކެވެ.

އެ އިދާރާއިން އިންތިޒާމުކޮށްގެން މި އެވޯޑު ހަފްލާ ބާއްވާ މިއީ 13 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް