ޕީޕީއެމްގެ އިސް ވަފުދެއް ޗައިނާއަށް!

ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނިވަޑައިގެންނަވާ ވަފުދެއް ޗައިނާއަށް ވަޑައިގެންފި އެވެ. މިވަފުދުގައި ވެރިއެއްގެ ގޮތުގައި ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީ...

04 May 2018 | 00:57

ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނިވަޑައިގެންނަވާ ވަފުދެއް ޗައިނާއަށް ވަޑައިގެންފި އެވެ.

މިވަފުދުގައި ވެރިއެއްގެ ގޮތުގައި ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕީޕީއެމްއިން ބުނީ މި ދަތުރަކީ އެ ގައުމުގެ ކޮމިއުނިސްޓް ޕާޓިގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ދެ ޕާޓީގެ ދެމެދުގައި ގުޅުން ބަދަހި ކުރުން ހިމެނެ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ލަފާ ހޯދާނެ ކަމަށް ބުންޏެވެ.

މި ދަތުރުގައި ޕީޕީއެމްގެ 18 ބޭފުޅަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރުންނާއި އެ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނެ އެވެ.

ކޮމިއުނިސްޓް ޕާޓީ އަކީ ޗައިނާގެ ވެރިކަން ކުރާ ޕާޓީއެވެ. ޕީޕީއެމްއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ އެ ޕާޓީ އާއި އެކު މީގެ ކުރިންވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް