ވިލިނގިލީގައި ޖެންޑާ އާއި ގުޅުން ހުރި ހިދުމަތްތައް ދޭ ގޮތް މިނިސްޓަރު ބައްލަވައިފި

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ގއ. ވިލިނގިއްޔަށް ވަޑައިގެންފި އެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިންލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތ...

04 May 2018 | 00:49

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ގއ. ވިލިނގިއްޔަށް ވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިންލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތް ކުރެއްވި އެވެ. އަދި އެތަނުގައި ދެމުންގެންދާ ހިދުމަތްތައް ފުޅާ ކުރުމާއި ގުޅޭގޮތުން މުވައްޒަފުންނާއި އެކު މަޝްވަރާ ކުރެއްވި އެވެ.

މިނިސްޓަރު ބައްދަލު ކުރެއްވި އިތުރު މުއައްސަސާތަކުގެ ތެރޭގައި އަތޮޅު ކައުންސިލް މެންބަރުންނާއި ރަށު ކައުންސިލް މެންބަރުންގެ އިތުރުން ފުލުހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމެނެ އެވެ. މި ބައްދަލުވުންތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.

އަދި ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ ވެރިންނާއި ބައްދަލު ކުރައްވާފައިވެ އެވެ. އެ ބައްދަލުވުމުގައި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭ ގޮތުގެ މައުލޫމާތު އޮޅުން ފިލުވި އެވެ.

މިނިސްޓަރު އެ ރަށަށް މިދަތުރުފުޅު ކުރެއްވީ އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް