މެލޭޝިޔާގެ އިންތިހާބު ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

މެލޭޝިޔާގެ އިންތިހާބު ކަވަރު ކުރުމުގައި އުޅުނު ޗައިނާއަށް ނިސްބަތްވާ ނޫސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އުމުރުން 68 އަހަރުގެ ތަމް ސޭ ޗިއޯން ނަމަކަށްކިޔާ މި ނޫސްވެރިޔާ މަރުވެފައި އޮއްވާ ފެނު...

03 May 2018 | 22:46

މެލޭޝިޔާގެ އިންތިހާބު ކަވަރު ކުރުމުގައި އުޅުނު ޗައިނާއަށް ނިސްބަތްވާ ނޫސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 68 އަހަރުގެ ތަމް ސޭ ޗިއޯން ނަމަކަށްކިޔާ މި ނޫސްވެރިޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އޮފީހުގައި އެވެ. އެ އޮފީހުގައި މަސައްކަތް ކުރަނީވެސް އޭނާ އެކަންނެވެ.

މަރުވި އިރު އޭނާ ކުރަމުންދިޔަ މަސައްކަތަކީ މެލޭޝިޔާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރު ކުރުމުގެ މަސައްކަތް ކަމުގައި އޭނާގެ އާއިލާއިން ބުނެފައި ވެ އެވެ.

ޗައިނާއަށް ނިސްބަތްވި ނަމަވެސް އޭނާ އާއި އޭނާގެ ތިން ދަރިންނާއި އަނބިމީހާ ދިރިއުޅެމުން އަންނަނީ މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި އެވެ. އޭނާ އެ ނޫހުގައި މަސައްކަތް ކުރަމުން އަންނަތާ 40 އަހަރު ވެފައިވާއިރު އޭނާގެ މަރުގެ ތަހުގީގު މެލޭޝިޔާގެ ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް