ސޫރިޔާގެ އިރުމަތީ ޣޫތާގައި މިދިޔަ މަސް ތެރޭގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ ހަށިތައް ކޮނެގެން ނެގުމަށް ނިންމާފައިވާކަމުގައި އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ހާމަކޮށްފި އެވެ.
އެގޮތުން އެ ޖަމްއިއްޔާގެ ވެރިޔާ އަހްމެތު އުޒުމްޗޫ ބުނެފައިވަނީ އެ ހާދިސާގައި މަރުވި މީހުންގެ ބައެއް އޮޓޮޕްސީ ކުރިއަށްގެންދިޔަ އިރު އެ ޖަމިއްޔާގެ ބައެއް އެކްސްޕާޓުން ބައިވެރިވި ނަމަވެސް އިތުރު ބައެއް ބަޔޯ މެޑިކަލް ސާމްޕަލްސް އަދި ބޭނުންވާކަމަށެވެ. އެގޮތުން މިފަދަ ކަމަކަށް ގަބުރުތަކެއް ކޮނެގެން އެ ޖަމިއްޔާއިން ނަގާ މިއީ ފުރަތަމަ ފަހަރު ކަމަށާއި ނަމަވެސް ތަހުގީގަށް މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެޖަމިއްޔާއިން ބުނެފައި ވެ އެވެ.
ކެމިކަލް ބޭނުންކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ އެ ހަމަލާގައި 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މަރުވެފައިވާމީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އޯޕީސީޑަބްލިއު އިން ވަނީ ޣޫތާގެ ދޫމާއަށް ގޮސް އެ ހަމަލާ ދިން ސަރަހައްދުން އެއްކުރަން ޖެހޭ ސާމްޕަލްތައް އެއްކޮށްފަ އެވެ. އެ ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި މި މައްސަލައިގާ އެ ޖަމިއްޔާއިން އެކުލަވާލާ ފައިނަލް ރިޕޯޓް މަހެއްހާ ދުވަހުގެ ތެރޭގައި އެކުލަވާލައި އެ ރިޕޯޓް އާންމު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް