ބަރަކާތްތެރި ރަމަޟާން މަހަށް މައްކާ ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި

ބަރަކާތްތެރި ރަމަޟާން މަހަށް މައްކާ ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި މަސްޖިދުލްހަރާމް އަދި މަސްޖިދުލް ނަބަވީ ހިމެނޭ މާތްވެގެންވާ މައްކާ، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރު ކުރުމުގެ މަސައްކަތް ...

03 May 2018 | 21:59

ބަރަކާތްތެރި ރަމަޟާން މަހަށް މައްކާ ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި

މަސްޖިދުލްހަރާމް އަދި މަސްޖިދުލް ނަބަވީ ހިމެނޭ މާތްވެގެންވާ މައްކާ، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި ސައުދީ ޕްރެސް އެޖެންސީން ރިޕޯޓް ކޮށްފި އެވެ.

އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށް އަންހެން އަދި ފިރިހެން، އިތުރު ދިހަ ހާސް މުވައްޒަފުން، އުމްރާވެރިންނާއި މައްކާގައި އަޅުކަންކުރާ ފަރާތްތަކުގެ ހިދުމަތުގައި ނަގާފައިވާއިރު ސާފު ކުރުމުގައި އިތުރަށް ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރާނެ ކަމުގައި ހާމަކޮށްފައި ވެ އެވެ.

މަސްޖިދުލް ހަރާމް އަދި މަސްޖިދުލް ނަބަވީގެ ރައީސް، ޝެއިޚް އަބްދުލް ރަހްމާން ބިން އަބްދުލް އަޒީޒް އަލް ސުދައިސް ބުނެފައިވަނީ މި ރަމަޟާން މަހު މައްކާގައި ވަކި ހާއްސަ ސަރަހައްދުތަކެއް ގާއިމް ކުރެވޭނެ ކަމަށާއި އެގޮތުން ހިދުމަތްތަކަށް، އިދާރީ ކަންކަމަށް، އެހީފޯރުކޮށްދިނުމަށް، ތައުލީމު ފޯރިކޮށްދިނުމަށް، ޓެކްނިކަލް އަދި މާލީ ހިދުމަތްތަކާއި ޕަބްލިކް ރިލޭޝަންސް އަށް ވަކި ހާއްސަ ސަރަހައްދުތަކެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އަދި މި ރަމަޟާން މަހަށް ހާއްސަކޮށް މަސްޖިދުލް ހަރާމްއަށް ވަދެވޭގޮތަށް 28 ދުވާ ސިޑި، މަސްޖިދުލް ނަބަވީއަށް ވަދެވޭގޮތަށް ހަތަރު ދުވާ ސިޑި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް މައްކާގެ އިތުރު ސަރަހައްދުތަކުގައި ޖުމްލަ އެކު 38 ދުވާ ސިޑި ހަރުކޮށް ހިދުމަތް ދެވޭނެ ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.

މީގެ އިތުރުން މައްކާގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުން ހިމެނޭ ކަމުގައިވެސް ދެ މިސްކިތުގެ ރައީސް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް