އދ މަންދޫގެ ޖެޓީ ހެދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އިން ރަސްމީކޮށް މޯލްޑިވްސް ރޯޑްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްއާރުޑީސީއާއި ހަވާލު ކޮށްފައިވާއިރު މާދަމާ މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަންދޫގެ ޖެޓީ ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 8:30ގައި މަންދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަންދޫ ޖެޓީ ހެދުމުގެ މަސައްކަތަކީ ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި ބަޖެޓް ކޮށްގެން ކުރިއަށް ގެންދެވޭ 5.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސްރޫއާއެކު މަންދޫއަށް ދިމާވެފައިވާ ފުރާ ލެފުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް