ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިންގެ އާ ޕްލެޓް ފޯމެއް ތައާރަފުކޮށްފި އެވެ. އަލަށް ތައާރަފު ކުރި ޕްލެޓް ފޯމު މެދުވެރިކޮށް މުޅިން އާ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ. އިންޓަނެޓް ބޭނ...

04 May 2017 | 14:09

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިންގެ އާ ޕްލެޓް ފޯމެއް ތައާރަފުކޮށްފި އެވެ.

އަލަށް ތައާރަފު ކުރި ޕްލެޓް ފޯމު މެދުވެރިކޮށް މުޅިން އާ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ. އިންޓަނެޓް ބޭންކިންއަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިގެނެވޭ ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މި ބަދަލަކީ ކަސްޓަމަރުންދޭ ހިޔާލާއި އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"އިންޓަނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރުވެސް ދަނީ ވަރަށް ބާރު މިނެއްގައި އިތުރުވަމުން. ބޭނުންކުރަން ފަސޭހަ އަދި ގިނަ އާ ފީޗާތަކެއް ހިމަނައިގެން އަލަށް ތައާރަފްކުރާ ބީއެމްއެލް އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ޔަގީން،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަލަށް ތައާރަފު ކުރާ ހިދުމަތްތަކުގެ ތެރޭގައި

އެކައުންޓުން ކުރާ މުއާމަލާތްތައް ބެލޭނެ ގޮތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމާއި، ޓްރާންސްފަރ އަދި ފައިސާ ދެއްކުމުގެ ފަސޭހަތައް

ކުރިއަށް ވުރެ އަވަހަށް ލޮގިންވެ އަދި ޕާސްވޯޑް ރިސެޓްކުރުން

ބީއެމްއެލް ލެޓަރހެޑްގައި އެކައުންޓް އަދި ކެރެޑިޓް ކާޑު ސްޓޭޓްމަންޓް ޑައުންލޯޑްކުރެވުން

އިންޓަނޭޝަނަލް ޓްރާންސްފަ ތަކަށް ބޭނުންވާނެ ލިޔެކިޔުން އަޕްލޯޑް ކުރެވޭނެ ނިޒާމް

އެންމެ ފަހުގެ އެންޓި ފްރޯޑް އަދި އެހެނިހެން ސަލާމަތީ ފިޔަވަޅުތައް ހިމެނެ އެވެ.

ބޭންކުން ބުނީ މި ހިދުމަތްތައް މިރޭ 12:00 ން ފެށިގެން ކަސްޓަމަރުންނަށް ލިބެންފަށާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކު މެދުވެރިކޮށް މިހާރު ކުރާ ކޮންމެ 10 މުއާމަލާތުގެ ތެރެއިން ނުވަ މުއާމަލާތަކީ އޮންލައިންކޮށް ކުރެވޭ މުއާމަލާތްތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް