ކޮންމެ އަހަރެއްގެ ރޯދަ މަހު ސައުދީ ރަސްގެފާނު ދެއްވާ ކަދުރު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަހަރުވެސް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެގެ ފަރާތްޕުޅުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރެވެ. ސައުދީ ސަރުކާރުގެ ފަރާތުން ކަދުރު ހަވާލު ކުރެއްވީ ރާއްޖޭގައި ހުންނަވާ ސައޫދީ ސަފީރުގެ ނައިބު މެތުރިކް އަލް ދޮސާއީ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު އަހުސަން ވިދާޅުވީ ކަދުރު ރަށްރަށް ފޮނުވާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ރަށަކަށް ކަދުރު ފޮނުވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ..
މިދިޔަ އަހަރު ސައުދީ ސަރުކާރުން ފޮނުވި ކަދުރުގެ ބައެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ވަނީ ރައްޔިތުންނަށް ބަހާފައި އެވެ. އެ ކަމާ ގުޅިގެން ސައުދީ އެމްބަސީން ބުނީ އެމްބަސީން ބޭނުންވަނީ ރައްޔިތުންނާއި ހަމައަށް ކަދުރު ފޯރުކޯށްދިނުން ކަމަށާއި އެމަސައްކަތް އެ ޖަމިއްޔާގެ ފަރާތުން ކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް