ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމާ! މިއަހަރުގެ މިހާތަނަށް 430 މީހަކަށް ޑެންގީ ޖެހިއްޖެ

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާއި ދިމާކޮށް ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ނެރެފައިވާ ބަޔާނެތްގައި ބުނެ...

04 May 2017 | 07:11

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާއި ދިމާކޮށް ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެތްގައި ބުނެފައިވަނީ ޑެންގީ ހުން ހަލުވިކަމާއި އެކު ފެތުރެމުންދާ ކަމަށާއި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 430 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ އިން ސަލާމަތްވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގެއާ ގޯތިތެރޭގައި ފެން ހަރުލާގޮތަށް އެއްވެސް އެއްޗެއް ނުބެހެއްޓުން، ކުނި އަޅާއިރު ކުނި އަޅަން ހާއްސަ ތަންތަނަށް ކުނި އެޅުން، މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވާކޮށް، މަދިރި ލޯޝަން ފަދަ އެއްޗެހި ލުން އަދި އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތު ގޭ ދޮރު ލައްޕާފައި ބެހެއްޓުން ހިމެނެ އެވެ.

ޑެންގީ ހުމުގެ އަލާމާތްތައް

ހުން އައިސް ގައިގަ ރިއްސުން،

ބޮލުގައި ރިއްސުން،

ގައިގަ ކުދި ރަތް ބިހިތަކެއް ނެގުން،

އަދި ލޮލުގަ ރިއްސުން ހިމެނެ އެވެ.

މި އަލާމާތްތައް ފެންނަ ނަމަ ތިން ދުވަސްތެރޭ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި ޕެރެސެޓަމޯލް ފިޔަވާ އެހެން އެހެން ބޭހެއް ބޭނުން ނުކުރުމަށް އިލްތިމާސް ކުރެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި 482 މީހުންނަށް ޑެންގީ ޖެހުނު ކަމަށެވެ. އަދި ޖުމްލަ 1962 މީހުންނަށް މިދިޔަ އަހަރު ޑެންގީ ޖެހުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް