ކޮމިޝަނަރ އޮފް ޕްރިޒަންސް އައިސީއާރްސީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ)ގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުމުގައި ކަރެކްޝަނަލް ސާރވިސް ގެ ފަރާތުން ސީޕީ...

04 May 2017 | 06:19

ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ)ގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ކަރެކްޝަނަލް ސާރވިސް ގެ ފަރާތުން ސީޕީ ޝިހާން ގެ އިތުރުން ޑެޕއުޓީ ކޮމިޝަނާރ އޮފް ޕްރިޒަންސް ޙަސަން ޒިލާލު ބައިވެރިވެ ވަޑައިގެންފައި ވާއިރު، އައިސީއާރްސީގެ ފަރާތުން ވަނީ އެ މުއައްސަސާގެ ހެޑް އޮފް ރީޖަނަލް ޑެލިގޭޝަން މިސްޓަރ އިންގްލޭންޑާއި ޕްރޮޓެކްޝަން ކޯޑިނޭޓަރ މިސިއޯ ބެޛާންޞޮން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އައިސީއާރްސީ އިން ކޮންމެ އަހަރަކު ރާއްޖޭގައި މީހުން ބަންދުކުރެވޭ ތަންތަން ބަލާ މޮނިޓަރ ކުރުމަށް ވަފުދެއް ޒިޔާރަތް ކުރެއެވެ. މިދިޔަ އަހަރުވެސް މ ވަފުދު ވަނީ ރާއްޖެ ޒިޔާރަތް ކުރައްވާ މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ކަރެކްޝަނަލް ސާރވިސްގެ ޖަލުތައް ބައްލަވާފަ އެވެ.

މިދިޔަ އަހަރު ޖަލުތައް ބެއްލެވުމަށްފަހު މެއި މަހުގައި އެ މުއައްސަސާއިން ނެރެނު ރިޕޯޓެއްގައި ކަރެކްޝަނަލް ސާރވިސްގެ ޖަލުތަކުގެ ހާލަތު ބަޔާންކޮށް އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިރުޝާދު ދެއްވާފައި ވެއެވެ.

މި ބައްދަލުވުގައި ވާހަކަދައްކަވަމުން ސީޕީ ޝިހާމް ވަނީ މިދިޔަ އަހަރު އައިސީއާރްސީ އިން ނެރުނު ރިޕޯޓުގައި ވާ އިރުޝާދުތަކާ އެއްގޮތަށް ކަންތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ވާނެ ކަމަށާއި ޖަލުތަކުގައި ތިބި ގައިދީން ޕޭރޯލްގެ ނިޒާމްގެ ތެރެއިން ދޫކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް