ހެދުމަށް ފާޑުކިޔުމުން ޕްރިޔަންކާއަށް ވީ މަޖާކަމަކަށް

ހޯމަ ދުވަހު އެމެރިކާގައި އޮތް މެޓް ގާލާއަށް ޕްރިޔަންކާ ލައިގެން ދިޔަ ހެދުމާއި ބެހޭގޮތުން އެކި ފާޑުގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވެފައި ވާއިރު ޕްރިޔަންކާ އަށްވެސް އެ ފޮޓޯތައް ވެގެން ދިޔައީ މަޖާ ކަމަ...

04 May 2017 | 04:37

ހޯމަ ދުވަހު އެމެރިކާގައި އޮތް މެޓް ގާލާއަށް ޕްރިޔަންކާ ލައިގެން ދިޔަ ހެދުމާއި ބެހޭގޮތުން އެކި ފާޑުގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވެފައި ވާއިރު ޕްރިޔަންކާ އަށްވެސް އެ ފޮޓޯތައް ވެގެން ދިޔައީ މަޖާ ކަމަކަށެވެ.

"ކުއަންޓިކޯ" ގެ ތަރި އިއްޔެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ ހެދުމަށް ފާޑު ކިޔައި ހަދާފައިވާ ފޮޓޯ ތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ފޮޓޯތައް ލާފައެވެ.

މި ފޮޓޯތަކަށް ޖަވާބު ދެމުން ޕްރިޔަންކާ ވަނީ އެ ފޮޓޯތައް ހެދި މީހުންނަކީ ވަރަށް ހުނަރުވެރި ބަޔެއް ކަމަށްބުނެ އެމީހުންގެ ތަޢުރީފު ކޮށްފައެވެ. އަދި އޭނާ ވަނީ އޭނާއަށް ހެދުންތަކުން ފެށަނަށްވުރެ ގިނަ ބޭނުންތައް ކުރެވޭ ކަން ނޭނގޭކަމަށްބުނެފަ އެވެ.

މީގެ އިތުރުން ޕްރިޔަންކާ ވަނީ އޭނާގެ ޕޯސްޓުގައި މިފަދަ ފާޑު ކިޔާ މީހުންނަށް ފާޑު ކިޔާނެ ވާހަކަތައް ހޯދަދޭން އަދިވެސް މިކަހަލަ ހަފްލާތަކަށް ދާނެކަމަށާއި އެނާ "މެޓް ގާލާ" ކަހަލަ ހަފްލާތަކަށް އެހާ ދާން ބޭނުންވަނީވެސް މިކަހަލަ ސަބަބުތަކާ ހުރެކަމަށް ބުނެފަ އެވެ.

އިންޑިޔާގެ ބައެއް މީހުންގެ ފަރާތުން ޕްރިޔަންކާގެ ހެދުމަށް ފާޑު ކިޔުންތައް އައި ކަމުގައި ވިޔަސް ދުނިޔޭގެ މަޝްހޫރު ފެޝަން މެގެޒިން ތަކުން ޕްރިޔަންކާގެ މި ހެދުމަށް ވަނީ ތަޢުރީފުތައް ކޮށްފަ އެވެ.

ޕްރިޔަންކާ މިއަހަރުގެ މެޓް ގާލާ އަށް ގޮސްފައި ވަނީ ރާލްފް ލޯރެންގެ ދުނިޔޭގެ އަދި މިހާތަނަށް އުފެއްދި އެންމެ ދިގު ޓްރެންޗް ކޯޓު ލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް