ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ފަގީރުންގެ ލިސްޓުގައި އަލަށް ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ ކުރިން އެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުން އަލު...

04 May 2017 | 02:45

ފަގީރުންގެ ލިސްޓުގައި އަލަށް ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ކުރިން އެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުން އަލުން ރެޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. ފަގީރެއްގެ ގޮތުގައި ބަލާނީ އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފިތުރު ޒަކާތާއި މުދަލު ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރެޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުމަށް ފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ. މާލޭގައި ނަމަ ފޯމް ހުށަހަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ. އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ކައުންސިލަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފަ ވެއެވެ.

ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 12،335 މީހުން ރަޖިސްޓަރީ ކުރި އެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ އަދި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 400 ރުފިޔާ ބަހާފައިވެ އެވެ.އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް