ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގޮވާލައްވައިފިއެވެ.
ވިޔަފާރިވެރިންނަށް އަމާޒުކޮށް ސެއިޚް ހަސީނާ ވިދާޅުވީ ރޯދަމަހާއި ދިމާކޮށް، ތެލާއި ހަކުރާއި އެފަދަ ތަކެތިން އަގު ބޮޑު ނުކުރުމަށް ވިޔަފާރިވެރިން ކުރެން ވަރަށް ބޮޑަށް އެދިލައްވާކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ ރޯދަމަހު ވިޔަފާރިވެރިންވެސް ރައްޔިތުންނަށް ހިދުމަތް ދޭންވާނީ ހެޔޮ ނިޔަތުގައިކަމަށެވެ.
ރޯދަ މަސް ފެށެން 31 ދުވަހަށް ވެފައިވާއިރު ރާއްޖޭގައިވެސް ފެނިގެންދަނީ ތަކެތީގެ އަގު ބޮޑުވެގެންދާ މަންޒަރެވެ. ހާއްސަ ކާބޯތަކެތީގެ އަގު ބޮޑުވެގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް