ހާއްސަ އިންސްޓޯލްމަންޓް ޕްލޭން ތަކާއެކު އުރީދޫއިން ވާވޭ ޕީ30ގެ ޕްރީ އޯޑަރު ނަގަން ފަށައިފި

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ޚާއްޞަ ޕްލޭންތަކެއް އުރީ...

04 Apr 2019 | 14:14

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރަށްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެއެވެ.

ޕީ30 ސީރީޒްއަށް ޚާއްޞަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބޭނެއެވެ. މީގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

"ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް. އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށްއަތްތަނުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަކޮށްދިނުމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށް، ނުވަތަ މި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ހޯއްދެވުމަށް، https://www.ooredoo.mvއަށް ޒިޔާރަތްކުރަށްވާށެވެ. ހަމައެހެންމެ https://consumer.huawei.com އަށް ޒިޔާރަތް ކުރެއްވުމުން، ޕީ30 ސީރީސްގެ ސްމާޓްފޯނާއި ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް