ފުލުހުންގެ ދެ މީހަކަށް ވަޒީފާ ދިނުމަށް އަމުރު ކޮއްފި

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ވަޒީފައިން ވަކިކޮއްފައިވާ ދެ ފުލުހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮއްފިއެވެ. އަލުން އަނބުރާ ވަޒީފާ ދިނުމަށް އަމުރު ކޮ...

04 Apr 2019 | 12:09

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ވަޒީފައިން ވަކިކޮއްފައިވާ ދެ ފުލުހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮއްފިއެވެ.

އަލުން އަނބުރާ ވަޒީފާ ދިނުމަށް އަމުރު ކޮއްފައިވަނީ ސާޖަންޓް ރޭންކުގައި ތިބި ދެ ފުލުހަކަށެވެ. އެއީ  އަޙުމަދު އާސިމް އަދި ޢަބްދުﷲ ރިޔާޒެވެ. އަދި މި ދެ ފުލުހުންނަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮއްފައިވަނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ދޭންޖެހޭ މުސާރައާ އިނާޔާތްތަކާއި އެކުއެވެ.

އެގޮތުން ސާޖެންޓު އާސިމަށް 189،000 ރުފިޔާ އަދި ސާޖެންޓު ރިޔާޒަށް 199،000 ރުފިޔާގެ ބަދަލެއް ދިނުމަށް ވަނީ އަމުރުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް