ދެ ކުންފުންޏަކުން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހުކުމް ކޮއްފި

ދެ ކުންފުންޏަކުން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ. ހުކުމް ކޮއްފައިވާ ދެ ކުންފުންޏަކީ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕ...

04 Apr 2019 | 11:57

ދެ ކުންފުންޏަކުން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ހުކުމް ކޮއްފައިވާ ދެ ކުންފުންޏަކީ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެވެ.

އެގޮތުން ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމުލަ 3,649,571 އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު ނުވަ މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމުނަށް ވަނީ ހުކުމް ކޮއްފައެވެ.

އަދި ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 403,724 އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް ވަނީ ހުކުމް ކޮއްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް