އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސް ކޮއްފިއެވެ.
ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންފްލުއެންޒާ ރޯގާ ފެތުރޭ މިންވަރު އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ވުމުން ވެކްސިންޖެހުމަށް އިލްތިމާސް ކުރާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
މި ވައިރަސް އަކީ އޭގެ ޒާތުގަ ކޮންމެވެސް ވަރަކަށް ބަދަލުވާ ވައިރަސް އަކަށް ވުމުން، އެ ބަދަލުތަކަށް ބެލާ ކޮންމެ ހަ މަހަކުން އާ ވެކްސިންއެއް އުފައްދާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އަދި މާބަނޑު މީހުންނާއި، އެކި ސަބަބު ތަކާހުރެ ގުނަވަން ބަދަލުކޮށްފައިވާ މީހުން، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ ތިން އަހަރުން މަތީގެ މީހުން، އުމުރުން 65 އަހަރުން މަތީގެ މީހުން، އުމުރުން ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އިންފްލުއެންޒާ ވައިރަސް ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް