ކެމްޕެއިން ހަރަކާތްތައް މާދަން ހަވީރު 6 އަކުން ފެށިގެން ނުކުރެވޭ

ހުކުރު ދުވަހުގެ ހަވީރު 18:00 އަކުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ ހޮނިހިރު...

04 Apr 2019 | 10:56

ހުކުރު ދުވަހުގެ ހަވީރު 18:00 އަކުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަކީ، ހުކުރު ދުވަހުގެ ހަވީރު 18:00 އިން އާދީއްތަ ދުވަހުގެ ހެނދުނު 06:00 އަށް ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި އެކަންކަމަށް ސަމާލުވުމަށް އެދޭ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.

އަދި މަޖިލީސް އިންތިހާބުގެ ހުރިހާ އިދާރީ ތައްޔާރީތައް ވަނީ ނިމިފައިކަމަށް ވެސް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު، ގާނޫނުގައި ބުނާގޮތުގެ މަތިން ވޯޓު ފޮށި ބަހައްޓާފައި ހުންނަ ތަނުގައި ވަގުތީ ނަތީޖާ އާންމުންނަށް ފެންނާނެ ގޮތަކަށް ތަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް