ނައިބު ރައީސްކަމުން ޖަމީލު ވަކިކުރި މައްސަލަ ސްޕްރީމް ކޯޓަށް

ރައީސް ޔާމީންގެ ސަރުކާރުގައި އިންތިހާބުވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ދުރުކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ...

04 Apr 2019 | 09:51

ރައީސް ޔާމީންގެ ސަރުކާރުގައި އިންތިހާބުވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ދުރުކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު މަގާމުން ދުރުކުރީ ގާނޫނާއި ހިލާފަށް ކަމުގައެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް ވެރިކަން ކުރާ ބާރުގެ ސޭފްގާޑު ކުރުމަށް ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަހެއް ބުނުން މުހިއްމު ކަމަށްވެސް ޖަމީލްގެ ޓްވީޓްގައި ވެއެވެ.

https://twitter.com/MJameelAhmed/status/1113711768465858561

މީގެ އިތުރުން ޖަމީލް ވިދާޅުވީ، މަޖިލީހުގައި ހިންގާ ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލެއްގެ ސަބަބުން ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ ރައީސުންނާއި ނައިބު ރައީސުންގެ އިތުބާރު ނުގެއްލޭނެކަން ކަށަވަރުކޮށްދެން ޖެހޭނެކަމުގައެވެ.

އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ނެގޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އެބޭފުޅާގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައިފައިވަނީ ގަވާއިދާ ހިލާފަށް ކަމަށްވެސް ޖަމީލްގެ ޓްވީޓްގައި ވެއެވެ.

https://twitter.com/MJameelAhmed/status/1113711820026417152

ޖަމީލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ 21 ޖުލައި 2015 ގައި، 78 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް