އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމުމާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/MvSpokesperson/status/1113731090659729411
ހޫދު ވިދާޅުވެފައިވަނީ ސަރުކާރު ބަންދު ކުރުމާއިމެދު އަދި ރައީސް ގޮތެއް ނުނިންމަވާ ކަމަށާއި ގޮތެއް ނިންމަވާނީ ހަ ވަނަ ދުވަހު ކަމަށެވެ. ހަ ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ދުވަހެވެ.
ހޫދުމިހެން ވިދާޅުވެފައިވާއިރު އާދިއްތަ ދުވަސް ބަންދު ކަމުގައި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މި ނޫހުންވެސް އެގޮތަށް ރިޕޯޓްކޮށްފައިވާނެއެވެ. ނޫސްތަކުން މިގޮތަށް ރިޕޯޓްކުރީ ސޯޝަލް މީޑިއާގައި ދައުރުވި އިއުލާނަކާއި ހަވާލާދީއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ފޭކު އިއުލާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް