އިންތިހާބު އޮޅުވާލަން ފުރުސަތެއް ނުދޭނަން: ޝަރީފް

ކުރިޔަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮޅުވާލުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގ...

04 Apr 2019 | 08:59

ކުރިޔަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮޅުވާލުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔެއް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، އިންތިހާބުގައި މަކަރާއި އޮޅުވައިލުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ލިބިގެން ނުވާނެ ކަމަށާއި، އެގޮތަށް އެއްވެސް ބަޔަކަށް ކަންތައް ނުކުރެވޭނެ ކަމުގައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އިންތިހާބުން ބަލިވުމުން އާންމުގޮތެއްގައި ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމަށާއި، އެކަހަލަ ކަންކަމަށް އީސީގެ ލީގަލް ޓީމުން ތިބީ ތައްޔާރަށް ކަމުގައެވެ.

ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މަޖިލިސް އިންތިހާބަކީވެސް އަމާންކަމާއި ސުލްހަވެރިކަމާއި އެކީ ނިމިގެން ދާނެ އިންތިހާބަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް ޝަރީފު އެދިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް