ހޮނިހިރު ދުވަހު ނިންމާ ނިންމުމަކީ މުޅި ގައުމާ ގުޅިފައިވާ ނިންމުމެއް: ރައީސް

ަންނަ ހޮނިހިރު ދުވަހު ނިންމާ ނިންމުމަކީ މުޅި ގައުމާ ގުޅިފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަ...

04 Apr 2019 | 08:42

ަންނަ ހޮނިހިރު ދުވަހު ނިންމާ ނިންމުމަކީ މުޅި ގައުމާ ގުޅިފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކެމްޕެއިން ޖަލްސާއެއްގައި ނ. ލަންދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ރައްޔިތުން ނިންމެވުމެއް ނިންމެވީ ވަރަށް އުންމީދާއި އެކީ ގިނަ ކަންތައްތަކެއް ބޭނުންވެގެން ކަމަށާއި، އެހެންކަމުން ހޮނިހިރު ދުވަހު ވޯޓުލާންވާނީ އެކަންކަމާ ދޭތެރޭގައި ވަރަށް ވިސްނައިފައިކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ހޮނިހިރު ދުވަހު ނިންމާ ނިންމުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގައި ނިންމި ނިންމުމަށް އަސަރު ކޮށްފާނެ ކަމަށެވެ.

އެންމެ ދާއިރާއަކުން ނިންމާ ނިންމުމެއްގެ ސަބަބުން މުޅި ރާއްޖެއަށް އަސަރު ކޮށްފާނެ ކަމަށާއި، އެންމެ ވޯޓަކީވެސް ވަރަށް މުހިންމު ވޯޓެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ބޯމަތިވެފައިވާ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ވާނީ ވައްކަމާއި، ހިޔާނާތާއި، ފަސާދައާ ދެކޮޅަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެ ކަންކަމަށް ފުރުސަތު ދެނީތޯ ނުވަތަ ނޫންތޯ މި ވޯޓުން އެނގިގެންދާނެ ކަމަށްވެސް އެމަކުފާނު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ 84 ގޮނޑިއަކަށް އެމްޑީޕީން ވާދަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް