ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުން ގަބޫލުކުރައްވައި، އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން ކޮމަންވެލްތުގެ ވަފުދެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.
މިދިޔަ މަހު 30 އިން ފެށިގެން ހަރަކާތްތެރިވާ މި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ، ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން އެވެ. މި ވަފްދުން އިންތިހާބުގެ ކުރިން ރާއްޖޭގެ ރަށްރަށުގެ މާހައުލު އޮބްޒާވްކުރުމުގެ އިތުރުން، ވޯޓުލާދުވަހު އާއި ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށް ފަހު ރާއްޖޭގެ މާހައުލު އޮންނަ ގޮތްވެސް ބަލާނެއެވެ.
މީގެ ކުރިން މި ވަފްދުން ވަނީ އިސީ އާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ފުލުހުންނާ ވެސް ބައްދަކުރައްވާފައެވެ.
2016 ވަނަ އަހަރު ރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް އެ ޖަމާއަތާ އަލުން ގުޅުމަށް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް