ނިމިދިޔަ ހަފްތާގެ ނިޔަލަށް ލޯނުތަކަށް 315 މިލިއަން ރުފިޔާ ސަރުކާރުން ދައްކައިފި

ސަރުކާރުން އެކިއެކި ކަންކަމަށް ނަގައިފާ ލޯނުތަކަށް ނިމިދިޔަ ހަފްތާގެ ނިޔަލަށް 315 މިލިއަން ރުފިޔާ ދައްކައިފައި ވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިދިއެވެ. ވޭތުވެ ދިޔަ...

04 Apr 2019 | 07:12

ސަރުކާރުން އެކިއެކި ކަންކަމަށް ނަގައިފާ ލޯނުތަކަށް ނިމިދިޔަ ހަފްތާގެ ނިޔަލަށް 315 މިލިއަން ރުފިޔާ ދައްކައިފައި ވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިދިއެވެ.

ވޭތުވެ ދިޔަ ދެ އަހަރު ރާއްޖޭގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2016 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 18.2 ބިލިއަނަށް އިތުރުވެފައެވެ.

މި އަހަރުގެ ބަޖެޓުގައި ލޯނުތަށް ދެއްކުމަށް ހަމަޖެހިފައިވަނީ ތިން ބިލިއަން ރުފިޔާއެވެ.

ސަރުކާރުން އެންމެ ގިނައިން ލޯނު ނަގާފއިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިންނާއި، އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް