ލަވަޖަހައިގެން މަސައްކަތް ކުރުމަކީ ރަގަޅު ކަމެއްތަ؟

ގިނަ މީހުން ދެކޭ ގޮތުގައި، ލަވަ ޖަހައިގެން މަސައްކަތް ކުރުމަކީ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ކުޑަ ކުރާ ކަމެކެވެ. އަދި ކަންފަތައް ހެޑްސެޓް ޖަހައިގެން، މަސައްކަތް ކުރާނަމަ ހެދޭ ގޯސްތައް ގިނަވާކަމަށްވ...

04 Apr 2019 | 06:03

ގިނަ މީހުން ދެކޭ ގޮތުގައި، ލަވަ ޖަހައިގެން މަސައްކަތް ކުރުމަކީ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ކުޑަ ކުރާ ކަމެކެވެ. އަދި ކަންފަތައް ހެޑްސެޓް ޖަހައިގެން، މަސައްކަތް ކުރާނަމަ ހެދޭ ގޯސްތައް ގިނަވާކަމަށްވެސް ގިނަ މީހުން ގަބޫލުކުރެއެވެ. އެކި މީހުންގެ ވިސްނުން ހުންނާނީ އެކިގޮތަށެވެ. ބައެއް މީހުން ވަރަށް ހިމޭން މާހައުލަކު މަސައްކަތްކުރަން ބޭނުންވާއިރު، އަނެއްބައި މީހުންނަށް ލަވައެއް ޖަހައިލައިގެން މަސައްކަތް ކޮށްލަން ވަރަށް ފަސޭހައެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި، ގިނަ މީހުންނަށް ލަވަ ޖަހައިގެން މަސައްކަތްކުރަން ވަރަށް ފަސޭހައެވެ. މި ދިރާސާގައި ބައިވެރިވި 142 ދަރިވަރުން ބަހައިލީ ދެ ޓީމަކަށެވެ. ދެ ޓީމުންވެސް ހެދީ ޓެސްޓެކެވެ. ދެ ޓީމަށް ވެސް ހަވާލުކުރީ "އޭ" އަކުރުންފެށޭ ވީހާވެސް ގިނަ ބަސް ހޯދާށެވެ. އެއްޓީމު ބޭތިއްބީ ވަރަށް ހިމޭން މާހައުލަކުއެވެ. އަނެއް ޓީމު ޓެސްޓް ހެދި ހޯލްގައި ބެހެއްޓީ ސޮފްޓް މިއުޒިކެއް ޖަހައިފައެވެ. ޓެސްޓް ފެށުމުގެ ކުރިންވެސް ދިރާސާކުރި ޓީމުން ވަނީ ދަރިވަރުންގެ ހަރަކާތްތައް ފާހަގަކޮށްފައެވެ.

އަޑު އަޑު އިވޭނަމަ މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަވާ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މި ދިރާސާއިން އެކަން ދޮގު ކުރިއެވެ. ލަވަ ޖަހައިގެން މަސައްކަތްކުރި ޓީމުގެ މަސައްކަތް އަވަސްވެފައި އެމީހުންނަށް ލިބުން މާކްސްވެސް ގިނަ ކަމަށް ދިރާސާއިން ދެއްކިއެވެ. ނަމަވެސް އަނެއް ޓީމްގެ މަސައްކަތް ދިޔައީ ވަރަށް ލަސްލަހުންނެވެ.

މި ދިރާސާ ކުރި މީހުންގެ ބޭނުމަކީ، އެމީހަކު ގަޔާވާ މިއުޒިކެއް ޖަހައިގެން މަސައްކަތްކުރާނަމަ، ސިކުނޑި މަސައްކަތް ކުރާވަރު ބެލުމެވެ. ހަގީގަތުގައި އެއީ މަސައްކަތް ކުރާ ހިތުން ކުރެވޭނެ ކަމެކެވެ. ކުރާ ހިތުން ކުރާ މަސައްކަތް ރަގަޅުވެފައި އަވަސްވެސް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް