އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީގެ އިންތިހާބު ފަސްކުރަން ބަޔަކު ކުރަމުން އަންނަ މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރޭ މިނިސްޓަރު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބާއްވަން ގޮވާލާ ކަމުގައެވެ.
މީގެ އިތިރުން، ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ ލިބޭނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.
https://twitter.com/aishath_nahula/status/1113456159782952960
މިނިސްޓަރު މިހެން ވިދާޅުވި އިރު، އިކޮޅު ފަރާތްތަކުން އިންތިހާބު ލަސްކުރަން އުޅޭކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް