ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ މަޝްރޫއު ރައީސް އިފްތިތާހު ކޮށްދެއްވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. މި މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ރާއްޖޭގައި ހިނ...

04 Apr 2019 | 04:37

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަށް ވެފައި، މިއީ 160000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއަށް 15 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، މި ބިމުގައި ހުންނަ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުޅީގައި ބަންދުކުރި ފެން ބޮޑު އަގުގައި ގަނެގެން ބުއިމުގެ ބަދަލުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ، ރައްކާތެރި ސާފު ފެން ބޯން ފަށައިފިނަމަ، އަޅުގަނޑުމެންނަށް މައިގަނޑު ދެ ފައިދާއެއް ލިބޭނެ ކަމުގައެވެ. އެއީ ވަރަށް ބޮޑަށް ހަރަދު ކުޑަވުމާއި، ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުން ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް