މަހުލޫފު ޝަރީއަތް ނިމެންދެން ގޭ ބަންދަށް!

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްފި އެވެ. މަހުލޫފުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ...

04 Apr 2018 | 14:24

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެއީ އެކެއް ފެބްރުއަރީގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާ މާފުށީ ޖަލު ކައިރިއަށް މީހުން ގޮވައިގެން ގޮސް މުޒާހަރާ ކުރި މައްސަލައިގަ އެވެ.

މި މައްސަލައިގަ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފު ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. އެދުވަހުން ފެށިގެން ދޫނިދޫ ޖަލު ބަންދުގައި ހުންނެވި މަހުލޫފުގެ ބަންދުގެ މުއްދަތު ދެ ފަހަރު އިތުރު ކުރި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ހައްޔަރު ކުރި ސިޔާސީ އިސް ބޭފުޅުންނާއި ބައެއް ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގެންނަވަ އެވެ.

މި ތިން ބޭފުޅުންވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް